އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީއިން ކުޅުންތެރިން ގަންނަމުންދާ ގޮތާ މެދު ނެދަލޭންޑްސްގެ އަޔެކްސްގެ ކޯޗު ފްރޭންކް ޑިބޯ ފާޑުކިޔައިފި އެވެ.

ޗެމްޕިއަންސް ލީގުގައި ނެދަލޭންޑްސްގެ ޗެމްޕިއަން އަޔެކްސް އާއި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ މިރޭ ބައްދަލުކުރާ އިރު، ސިޓީއާއި ދެކޮޅަށް ކުޅެންޖެހޭނީ ރޭވުންތެރި ފުޓްބޯޅައެއް ކަމަށް ޑިބޯ ބުނެފައިވެ އެވެ.

"ސިޓީއަކީ ބޮޑު ހަރަދެއް ކުރަމުންދާ ކްލަބެއް. އަހަރެމެން އަތުގައި ފައިސާއެއް ނެތް. އެހެންކަމުން އަހަރެމެން ޖެހޭނީ ވަރަށް ރޭވުންތެރި ފުޓްބޯޅައެއް ކުޅެން." ޑިބޯ ބުންޏެވެ.

އަޔެކްސް ކޯޗު ޑިބޯ އިތުރަށް ބުނިގޮތުގައި، އަޔެކްސް އިން ގެންގުޅެމުންދާ ގޮތް މާ ރަނގަޅު ކަމަށާއި އެޓީމު ގެންގުޅެމުންދާ ގޮތަކީ ކުޅުންތެރިން ފަސޭހައިން ގަނެވޭނެގޮތެއް ކަމަށެވެ.

"އަހަރެންނަށް ރަނގަޅީ އަހަރެމެން ގެންގުޅެމުންދާ ގޮތް. އަހަރެމެންނަށް ކުޅުންތެރިން ގަންނަން ވަރަށް ފަސޭހަ. އަހަރެމެންގެ އެޓޭކިންގްއަށް ބަލައިލިއަސް އަހަރެމެންގެ ބަޖެޓަށް ފުދޭނެ. ސިޓީގެ އެޓޭކް 142 މިލިޔަން ޔޫރޯއާއި ގާތްކުރާންކުރާނެ." ޑިބޯ ބުންޏެވެ.

ސިޓީއާ ދެކޮޅަށް އަޔެކްސް ނުކުންނަ އިރު، އެޓީމް އޮތީ ޓޭބަލްގެ އެންމެ ފުލުގަ އެވެ. އެއް ޕޮއިންޓާއެކު ސިޓީ ތިންވަނާގައި އޮތް އިރު، އެއްވަނާގައި އޮތީ ސްޕެއިން ޗެމްޕިއަން ރެއާލް މެޑްރިޑެވެ. އަދި ދެވަނާގައި އޮތީ ޖަރުމަން ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑްއެވެ.