ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް ދުބާއީއަށް ކުރެއްވި ދަތުރުފުޅަކީ އިއާދަކުރަނިވި ހަކަތައާ ބެހޭ ދުނިޔޭގެ ލީޑަރުންގެ ކޮންފަރެންސް، ވޯލްޑް އެނާޖީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ފޯރަމްގައި ރައީސް ވަނީ ތަގުރީރު ކުރައްވައިފަ އެވެ.

އެ ތަގުރީރުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ކުރިއެރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ، ތެލަށް ކުރަން ޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވުން ކަމަށާއި ރާއްޖެ ފަދަ ކުޑަގައުމަކަށް އެއީ ދާއިމީ ގޮތެއްގައި ކުރެވޭނެ ހަރަދެއް ނޫން ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ހަކަތައިގެ ހަރުދަނާ ސިޔާސަތެއް އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.