ސަތޭކަ ފަންސާސް ކުރޯޑުގެ އެންޑޯޒްމެންޓް ޑީލެއް ލިބުމުން، އާމިރު ޚާން އެ ޑީލް ގަބޫލު ނުކޮށް ދޫކޮށްލައިފިއެވެ. އާމިރު ޚާން މި ޑީލް ގަބޫލު ނުކުރީ އިޖްތިމާއީ ކަންކަމުގައި އުޅޭން އާމިރު ބޭނުން ވަނީ ފަރުދީ ޒިންމާ އަދާ ކުރުމަށް ކަމުގައި ވާތީއެވެ.

އިޖްތިމާއީ ޕޮރުގުރާމެއް ކަމުގައިވާ "ސައްތްޔަމޭވް ޖަޔަތޭ" ހުށަހަޅައިދިނުމުގެ ސަބަބުން ނޭޝަނަލް ކޮމިޝަން ފޯރ ޝެޑިޔުލްޑް ކާސްޓްސްގެ ފަރާތުން ވަނީ އާމިރު ޚާނުގެ މަސައްކަތް ޝަރަފުވެރިކަމާ އެކު ފާހަގަކޮށްފައެވެ.

"ފައިސާއަށް ޓަކައި އެކަނި ކަންކަން ކުރާކަށް އާމިރު ބޭނުމެއް ނުވެއެވެ. އާމިރު ބޭނުން ވަނީ މުޖުތަމައުގެ ފަރުދެއްގެ ގޮތުން އަދާ ކުރާން ޖެހޭ ފަރުދީ ޒިންމާ އަދާ ކުރާށެވެ. އިޖްތިމާއީ ކަންކަމުގައި އާމިރު އުޅެނީ އެހެން ވެގެންނެވެ. އިޖްތިމާއީ ކަންކަމުގައި އޭނާ ކުރާ މަސައްކަތަށް އެއްވެސް ފަރާތަކުން އޭނާއަށް އުޖޫރަ ލިބުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ސަތޭކަ ފަންސާސް ކުރޯޑުގެ ޑީލް ވެސް އޭނާ ގަބޫލު ނުކުރީ އެހެން ވެގެންނެވެ." އާމިރު ޚާނާ ގާތް ފަރާތަކާ ހަވާލާ ދީ މީޑިޔާއިން ހާމަކޮށްފައިވެއެވެ.

ދާދި ފަހުން އާމިރު ޚާން ބުނެފައި ވަނީ، "އަހަރެން އަހަރެންގެ ހުރިހާ އެންޑޯޒްމެންޓް ޑީލެއް ކެންސަލް ކޮށްފިން." ކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރާން މިހާރު މައްކާއަށް ގޮސް ހުރި އާމިރު ޚާން ވަނީ "ސައްތްޔަމޭވް ޖަޔަތޭ"ގެ ދެވަނަ ސީޒަނުގެ މަސައްކަތް ފަށައިފައެވެ.