23 Oct 2012, 03:44
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އޭވައިއެލްއަށް ކުޅުނު އެޓީމުގެ އެޓޭކިން މިޑްފީލްޑަރު މޫސާ ޔާމީން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއި ކޮށްފިއެވެ.
ޒުވާން މިޑްފީލްޑަރު ނިއުއަށް ސޮއި ކުރީ ކުރިއަށް އޮތް ތިން އަހަރު ދުވަހަށެވެ.
އޭވައިއެލްގެ އެސިސްޓެންޓް ކޯޗް އަބްދުﷲ ރަޝީދު ބުނީ، ތޮއްޑުއަށް އުފަން ޔާމިން ނިއުއަށް ސޮއިކުރިކަން އޭނާއަށް ވެސް އިނގޭ ކަމަށާއި އެގޮތުން ޔާމިން ނިއުއަށް ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ކަމަށެވެ.
ނިއުގެ ކެޕްޓަން އަދި އެޓީމުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ތޯރިގް (ޓޮމް) ބުނީ، ޔާމިން ސޮއި ކުރިކަން އޭނާއަށް އަދި އެނގިފައި ނުވާ ކަމަށާއި އެހެން ނަމަވެސް އަންނަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ކުލަބްތަކުގެ ކުޅުންތެރިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ އެގްރިމެންޓެއްގައި ޔާމިން ނިއުއަށް ސޮއި ކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ކުލަބްތަކުން އަންނަނީ އަންނަ ސީޒަނަށް ޓީމްތައް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދަމުންނެވެ.