22 Oct 2012, 21:55
ގިނަ އަދަދަކަށް ބަނގުރާ ކައްކަން ތިބި ތިން ބިދޭސީއަކު މިރޭ ތިލަފުށިން ހައްޔަރުކޮށްފި އެވެ.
ސިފައިންގެ އެހީތެރިކަމާ އެކު ތިލަފުށީގައި ފުލުހުން މިރޭ ހިންގި އެ އޮަޕަރޭޝަންގައި އަތުލައިގެންފައިވަނީ ބަނގުރާ ކައްކަން ތިބި އިންޑިއާގެ ދެ މީހަކާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ.
މިރޭ ގާތްގަނޑަކަށް 10:30 ހާއިރު ފުލުހުން ވަނީ އަތުލައިގަތް މީހުންނާއި ތަކެތި މާލޭގެ ތިން ނަމްބަރު ޗެޓީ ސަރަހައްދަށް ގެނެސްފަ އެވެ. އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެެރިން ބުނީ ކައްކާ ތެޔޮ ހުސްކުރި ރީދޫ ކުލައިގެ އަށް ހަން އަތުލައިގެންފައިވާ ކަމަށާއި ބަނގުރާ އަޅާފައި ހުރި ފަސް ލީޓަރުގެ ތިން ފުޅި އާއި 500 އެމްއެލްގެ ތިން ފުޅިވެސް އަތުލާފައިވާ ކަމަށެވެ. އަދި ބަގުރާ ކެއްކުމަށް ބޭނުންކުރާ އެކި އާލާތްތައްވެސް ފުލުހުން ވަނީ އެ މީހުންގެ އަތުން ހޯދައިފަ އެވެ.
ފުލުހުން ބުނީ ރީދޫ އަށްހަމަކީ ބަނގުރާ ކައްކަން ތައްޔާރުކޮށްފައިވާ ހަންތަކެއް ކަމަށާއި ބާކީ ހުރި ފުޅިތަކުގައި ހުރީ ކައްކާފައި ހުރި ބަނގުރާކަމަށެވެ.
ހައްޔަރު ކުރި އިންޑިއާ މީހުންގެ ތެރެއިން އެކަކު އުމުރަކީ 46 އަހަރު ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް މީހާގެ އުމުރަކީ 27 އަހަރެވެ. ބަގްލަދޭޝް މީހާގެ އުމުރަކީ 24 އަހަރު ކަމަށްވެސް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަނަކީ ފުލުހުންގެ މެރިން ޕޮލިސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.