14 Sep 2010, 04:31
މާލޭގައި ވިޔަފާރިއަށް ހަށިވިއްކަމުންދަނިކޮށް ހައްޔަރު ކުރި ތައިލެންޑުގެ ތިން އަންހެނުން ޑީޕޯޓްކޮށްލައިފި އެވެ.
ތައިލެންޑްގެ ތިން އަންހެނުން ވިޔަފާރީގެ ގޮތުގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މިދިޔަ ރޯދަ މަހުގެ ތެރޭގައި އިސްކަންދަރު ސްކޫލް ކައިރީ ހުންނަ ބިއުޓީ ޕާލާއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. މި ތިން އަންހެނުން ތިބި ބިއުޓީ ޕަލާއާ ބެހޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައުލޫމާތު ސާފު ކުރެއްވުމަށް ފަހު ވިދާޅުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ތިން އަންހެނުން ހައްޔަރު ކުރުމަށް ފަހު އެމީހުން ޑީޕޯޓްކޮށްލީ ވެސް ރޯދަ މަހުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ އެ މީހުން ފުރުވާލީ އެފަދަ މައްސަލަތަކުގައި އޮންނަ އުސޫލުގެ މަތިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަމަށެވެ.
ތައިލެންޑްގެ ތިން އަންހެނުން މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކޮށްގެން ޑީޕޯޓް ކުރުމުގެ ކުރިން ދެ ބިދޭސީއަކު މިދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ހޭންވޭރު ގެއަކުން ފަޅާއަރައިގެން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ބަންގާޅު އަންހެނަކާއި ފިރިހެނެކެވެ.