21 Oct 2012, 21:36
މި އަހަރުގެ ޔުނައިޓެޑް ނޭޝަން ނޫނީ އދ. ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ކުރެހުމުގެ މުބާރާތުން އެންމެ ރަނގަޅު 25 ކުރެހުން ދައްކުވައިދޭ މައުރަޒެއް މިއަދު ހުޅުވައިފި އެވެ.
މާލޭ ސޓީ ހޯލްގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އޮންނަ އެ މައުރަޒު ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދު އެވެ.
މިއަދު ސިޓީ ހޯލްގައި ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ ސާސްކަޕުގެ ލަނޑު ދަނޑިތަކުގެ މައްޗަށް ހޭލުންތެރިކުރުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން އުމުރުން ހަ އަހަރާއި 16 އަހަރުގެ ކުދިނަށް ބޭއްވި މުބާރާތުން އެންމެ މޮޅު 50 ކުރެހުމަށް ވަނީ ހަދާނީ ލިޔުންދީފަ އެވެ. އެ ދަރިވަރުނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދު އެވެ.
ޔުނައިޑް ނޭޝަން މޯލްޑިވުސް އިން ބުނީ އެ މައުރަޒުގައި ފެނިގެންދާ ކޮންމެ ކުރެހުމަކީ ވެސް ސާސްކަޕުގެ އަށް ލަނޑުދަނޑީގެ ތެރެއިން ކޮންމެވެސް އެއް ލަނޑުދަނޑިއެއް ދައްކުވައިދޭ ކުރެހުމެއް ކަމަށެވެ.
ސާސްކަފް ނޫނީ މިލޭނިއަމް ގޯލްސް އަކީ ބަނޑުހައި ހޫނު ކަމާއި ފަގީރު ކަމާއި ބަލިތައް ނައްތާލުމަށް 2010 ވަނަ އަހަރު އދ. އިން އެކުލަވާލި ލަނޑުދަނޑިއަކަށް ކިޔާ ނަމެކެވެ. ފަސް އަހަރު ދުވަހަށް އަމާޒުކޮށްފައިވާ އެ ޕްރޮގްރާމް ނިމޭނީ 2015 ވަނަ އަހަރު އެވެ.