21 Oct 2012, 14:54
ޖެމެއިކާގައި އޮންނަ އެތުލީޓް ހައި ޕާފޯމަންސްގައި ބައިވެރިވުމަށް ރާއްޖޭގައި މިވަގުތު ހުރި އެންމެ ބާރު ދުވުންތެރިޔާ އަޒްނީމް އަހުމަދަށާއި ހަސަން ސާއިދު މިއަދު މެންދުރު ފަހު ފުރައިފި އެވެ.
އަޒްނީމަކީ އެންމެ ފަހުން ލަންޑަނުގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް އިވެންޓެއްގެ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ބުރުން ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓެވެ.
އަދި ސާއިދަކީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯސަން ގޭމްސްގައި ވެސް ރާއްޖެ ތަމްސީލު ކުރި އެތުލީޓެކެވެ. އެގޮތުން އެ ފަހަރުގެ 100 މީޓަރުގެ ފުރަތަމަ ހީޓްގައި ސާއިދު އަށް ރޭސް ނިންމާލެފައި ވަނީ 11.22 ސިކުންތުންނެވެ.
އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، އަޒްނީމާއި ސާއިދު ޖެމެރިކާގައި އެއް އަހަރު ދުވަހުގެ ޓްރޭނިން ސެޝަންތަކެއް ފުރިހަމަ ކުރާނެ ކަމަށެވެ.