20:24


ހެރެތެރެ ރިސޯޓްގެ ބާއަކުން ވަގަށް ނެގި ރާފުޅިތަކެއް ސ. ފޭދޫ ފަޅުތެރެއިންނާއި ފޭދޫ ފަޅު ގޯއްޗަކުން ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެތަނުން އެ ތަކެތި ފެނުނީ މިއަދު ހެނދުނު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ނަމަވެސް ފެނިފައި ވަނީ ކިތައް ފުޅި ރާކަމެއް އަދި ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ވެސް ކިތައް ފުޅި ކަމެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ވައްކުމުގައި އެރަށުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އިތުރު ބައަކާ ގުޅުމެއް ވާކަމަށް ޝައްކުކުރެވޭ ކަމަށާއި އަދި ވައްކަން ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ.


މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.