21 Oct 2012, 09:49
ވޯލްޑް އެނާޖީ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ދުބާއީއަށް ފުރާވަޑައިގެންފި އެވެ.
ހަކަތައާ ގުޅޭގޮތުން ދުނިޔޭގެ ލީޑަރުންގެ މެދުގައި މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބާއްވާ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ދުބާއީއަށް ފުރާވަޑައިގަތީ މިއަދު ހެނދުނު 10:00 ޖެހީއިރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ދުނިޔޭގެ ހަކަތައަށް ދިމާވެފައިވާ މައްސަލަތަކާއި ހަކަތައިގެ ދާއިރާތަކުގައި އެއްގައުމު އަނެއް ގައުމުގެ އެއްބާރުލުން އިތުރު ކުރުމާ ގުޅޭގޮތުން ގައުމުތަކުގެ ވެރިން ބައްދަލުކޮށް މަޝްވަރާކުރައްވާނެ އެވެ.