ގދ. ފަރެސްމާތޮޑާގެ ނަގިއްޔެގެ ދަށުވެ ރޭ މީހަކުު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ހަސަން ހަނީފް ސަން އޮންލަ އިން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އޭނާ މަރުވީ މަހުން އައުމަށް ފަހު ފަޅުގައި ދޯނި އަޅަން ފަޅުތެރެއަށް ފީނުމުގެ ތެރޭގައި ދޯނީގެ ނަގިޅިގައި ފައިތާށިވެގެން ރޭ 10:25 އެހާކަން ހާއިރު ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ހަނީފު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިއައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ.

އެ ރަށު ކައުންސިލުން ބުނީ މަރުވެފައި ވަނީ ސ. ހިތަދޫ، ވައިޖެހޭގޭ، މުހަންމަދު އިޝްހާގް، 28އ. ކަމަށެވެ. ދޯނީގެ ފަޅުވެރިންނާ ހަވާލާދީ ކައުންސިލުންވެސް ބުނީ ނަގިލި އަޅަން ވެގެން އިޝްހާގު ފޭބި ގަޑީގައި އޭނާ މަރުވީ ފައި ނަގިލީގައި ތާށިވެ ނޭވާ ހާސްވެގެން ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.