20 Oct 2012, 21:31
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ އާމީ ކޮމާންޑާ ލެފްޓިނަންޓް ޖެނެރަލް ޖަގަތު ޖަޔަސޫރިޔާ އެމްއެންޑީއެފް ނޮދަން އޭރިއާ އަށް އިއްޔެ ޒިޔާރާތްރަތެއް ކުރައްވައިފި އެވެ.
އެމްއެންޑީއެފުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ޖަގަތު ޖަޔަސޫރިޔާ ނޮދަން އޭރިއާ އަށް އިއްޔެ ޒިޔާރަތްކުރެއްވުމުން މަރުހަބާދެންނެވީ އެމްއެންޑީއެފް އޭވިއޭޝަން ސެކިޔުރިޓީގެ ކޮމާންޑާ ކާނަލް މުޙައްމަދު ޒިޔާދު ކަމަށެވެ. އަދި ނޮދަން އޭރިއާ އަށް ވަޑައިގަތުމާ އެކު ސިފައިން ވަނީ އޭނާގެ ޝަރަފުގައި އޮނާ ގާޑެއް ވެސް އަރުވާފައި ކަމަށެވެ.
ޖަގަތު ޖަޔަސޫރިޔާގެ އެ ޒިޔާރަތާ ބެހޭ ގޮތުން އެމްއެންޑީއެފުން ތައްޔާރުކުރުކޮށްފައިވާ ޕްރެޒެންޓޭޝަނައެއް ދެއްވާފައިވާ އިރު ޅ. މާފިލާފުށްޓަށް ވަޑައިގަތުމުން އެތަނުގައި ހެދުމަށް ހަމަޖެހިފައިވާ ކޭމްޕްސައިޓް ޓްރޭނިންގް ސްކޫލާއި އެތަނުގައި ކުރިއަށްގެންދާ ޓްރޭނިންތަކާ ބެހޭ މައުލޫމާތު ވެސް ވަނީ އަރުވައިފަ ޖަގަތަށް އަރުވައިފަ އެވެ. އަދި އެ ޒިޔާރަތުގައި ވަނީ ސްރީލަންކާގެ އާމީ ކޮމާންޑާ ޖަގަތު ޖަޔަސޫރިޔާގެ ޝަރަފުގައި ވަނީ ރޭގަނޑުގެ ފަރިކޮޅެއް ދެއްވާފަ އެވެ.
ނޮދަން އޭރިއާ އަށް ސްރީލަންކާގެ އާމީ ކޮމާންޑާ ލެފްޓިނަންޓް ޖެނެރަލް ޖަގަތު ޖަޔަސޫރިޔާ ކުރެއްވި މިޒިޔާރަތުގައި ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑާ ކެޕްޓަން އަޙުމަދު ރަމީޒު އާއި ނޮދަން އޭރިއާގެ އޮފިސަރުންގެ އިތުރުން ސްރީލަންކާގެ އާމީ ކޮމާންޑާ، ލެފްޓިނަންޓް ޖެނެރަލް ޖަގަތު ޖަޔަސޫރިޔާ އާ އެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.