ގިނަ ދުވަސް ވަންދެން މަގުމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކާއި ރަޖިސްޓްރީ ނަމްބަރު ނެތި ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ފުލުހުން ނުކުމެ ނަގަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސިޓީ ކައުންސިލާ ގުޅިގެން މިއަދު ފެށި ޕްރޮގްރާމްގެ ދަށުން ޕާކްކޮށްފައި ހުންނަތާ ގިނަ ދުވަސްވީ ވެހިކަލްތަކާއި ހަލާކުވެފައިވާ ގިނަ ދުވަސްވީ ވެހިކަލްތައް އަދި ރަޖިސްޓްރީ ނަމްބަރު ނެތް ވެހިކަލްތައް ނަގަމުން ގެންދާނެ ކަމަށެވެ.

އަދި އެތަކެތީގެ ވެރިފަރާތުން އެ އެއްޗެހި ހޯދަން ބޭނުންވާ ނަމަ ސިޓީ ކައުންސިލުން އިއުލާން ކުރުމުން އެ އޮންނަ އުސޫލުން ވެރިފަރާތާ ވެހިކަލްތައް ހަވާލު ކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއުލާން ކުރުމުން ތިން މަސް ދުވަސް ތެރޭ ނުގެންދާ ވެހިކަލްތައް ޓްރާންސްޕޯޓް ގާނޫނާ އެއްގޮތަށް ނައްތާލާނެ ކަމަށެވެ.