18 Oct 2012, 16:41
އާންމު ހިއްސާދާރުންގެ ތެރެއިން، އެމްޓީޑީސީގެ ބޯޑަށް ހޮވުމަށް އެ ކުންފުނިން ޝޯޓްލިސްޓް ކުރި 15 ފަރާތުގެ ތެރެއިން ތިން ފަރާތެއްގެ ޝަރުތު ހަމަނުވާތީ އެ ނަންތައް ބާތިލްކުރުމަށް ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެންގުމުން އެތިން ފަރާތުގެ ނަން ބާތިލް ކުރުމަށްފަހު އިއުލާންކޮށްފި އެވެ.
އެމްޓީޑީސީން ބުނީ ކުރިން އެތިން ފަރާތުގެ ނަން އެލިސްޓުގައި ހިމެނީ އެމަގާމަށް ކުރިމަތިލި 15 ފަރާތަކީވެސް ޝަރުތު ހަމަވަ ފަރާތްތަކެއްކަމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވުމުން ކަމަށާއި ނަމަވެސް ސީއެމްޑީއޭއިން އެގޮތަށް އެންގުމުން މިހާރު އެތިން ނަންބާތިލްކޮށްފައިވާ ކަމަށެވެ.
އެގޮތުން ޝަރުތުހަމަނުވެގެން ބާތިލްކޮށްފައިވާ ތިން ފަރާތަކީ ނ.ވެލިދޫ، ކަމިނީގެ އާމިނަތު މާޝާ ހަސަން އާއި ގއ. ގެމަނަފުށި، އޯކިޑްމާގެ، އިސްމާއިލް އިޒްހާން ގެ އިތުރުން މާލެ، މއ. އެމު، މުހައްމަދު އަލީ އެވެ. އޭގެތެރޭގައި ހިމެނޭ އައިމިނަތު މާޝާ ހަސަންއަކީ ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އަބިކަބަލުންނެވެ.
ސީއެމްޑީއޭ އިން ބުނެފައި ވަނީ އެމްޓީޑީސީ ކުންފުނީގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާންގައި ޑިރެކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން އެމްޓީޑީސީގެ 50 ހިއްސާ އޮންނަން ޖެހޭނެ ކަމަށް ބަޔާކޮށްފައިވީ ނަމަވެސް އެ ތިން ފަރާތުގެ އެ ޝަރުތު ހަމަނުވާ ކަމަށެވެ. އަދި އެ ތިން ފަރާތުން ވެސް އެޕްލިކޭޝަން ފޯމްގައި ޝަރުތު ހަމަވާކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ހިމަނާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސީއެމްޑީއޭ އިން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ.
އިލްހާމްގެ އަނބިކަނލުން މާޝާ ވިދާޅުވީ އޭނާގެ އަތްޕުޅުގައި އެމްޓީޑީސީގެ 50 ހިއްސާ އެބަ އޮތް ކަމަށާއި އަދި އޭނާއަކީ ޝަރުތުހަމާ ބޭފުޅެއް ކަމަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ވެސް ނިންމި ކަމަށެވެ. ނަމަވެސް ސީއެމްޑީއޭ އިން އޭނާގެ ނަން ބާތިލުކޮށްފައި ވަނީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށެވެ.
އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޓުގެ ތިބެނީ ނުވަ މެންބަރުންނެވެ. އޭގެ ތެރެއިން ފަސް މެންބަރުންނަކީ އާންމު ހިއްސާދާރުންނެވެ. އަދި އަނެއް ހަތަރު ގޮޑި ފުރުއްވަނީ ސަރުކާރު ތަމްސީލްކުރައްވާ ފަރާތްތަކެވެ.
އެމްޓީޑީސީގެ ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އެވެ. ހިއްސާދާރުންގެ ތެރެއިން ހޮވާ ފަސް މެންބަރުން ބޯޑަށް އައްޔަން ކުރުން އޮންނާނީ އެ ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓުގެ އަގުލަބިއްޔަތުންނެވެ.
އިލްހާމްގެ އަނބިކަބަނލުން މާޝާ ވިދާޅުވީ