18 Oct 2012, 14:08
ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމުތުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލަކު މަގާމުގައި ހުންނެވި އަލީ އާރިފު މަގާމުން ވަކިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ފައިނޭންސް މިނިސްޓްރީ އިން މިއަދު ބުނީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑްކްޓާ ހިލާފުވެގެން މިދިޔަ ޖުލައި މަހު 10 ވަނަ ދުވަހު ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އާރިފުގެ ގިނަ މައްސަލަތަކެއް ޝަރީއަތް ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑިޒާސްޓާ މެނޭޖްމަންޓުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 18 މިލިއަން ރުފިޔާގެ މައްސަލަ އާއި އެފްޓެކްގެ ހިޔާނާތުގެ މައްސަލަ ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.