18 Oct 2012, 13:35
ގަވައިދުން ކޮންމެ ދުވަހަކު މަލްޓި ވިޓަމިން ބޭނުންކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވާ ކަަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ 15000 ފިރިހެން ޑޮކްޓަރުން 10 އަހަރު ވަންދެން މަލް ޓިވިޓަމިން ކެއުމަށް ފަހު ކުރި ދިރާސާ އިން އެނގުނީ ގަވައިދުން ކޮންމެ ދުވަހަކު މަލްޓި ވިޓަމިން ކާނަމަ ކެންސަރުޖެހުމުގެ ފުރުސަތު އަށް ޕަސެންޓުން ކުޑަވާ ކަމެވެ.
ކުރިން ކުރި ދިރާސާތަކުގައި ބަލާފައި ވަނީ ވަކި ވިޓަމިނެއް ގިނައިން ބޭނުން ކުރުމުން ނުކުންނަ ނަތީކާއަކަށް ކަަމަށް ވިޔަސް މިފަހަރުގެ ދިރާސާގައި ބަލާފައި ވަނީ ކޮންމެ ދުވަހަކު ގަވައިދުން ކައިއުޅޭ އާދައިގެ މަލްޓި ވިޓަމިންގެ ފައިދާ އަކީ ކޮބައިތޯ ބެލުމަށެވެ.
މަލްޓި ވިޓަމިން ގަވައިދުން ބޭނުންކުރާ މީހުން ރޭންޑަމްކޮށް ނަގައިގެން ކުރި މިދިރާސާއަކީ އެންމެ ފުޅާދާއިރާއެއްގައި އެންމެ ދިގު މުއްދަތެއް ހޭދަކޮށްގެން ކުރި މިފަދަ ފުރަަަތަަމަ ދިރާސާ އެވެ. ޖުމްލަ ގޮތެއްގައި ކެންސަރު ޖެހުން ހުއްޓުވައިދޭ މިންވަރު ކުޑަޔަސް ތަފާސްހިސާބަށް ބަލާ ނަމަ އެއީ ރަނގަޅު ނަތީޖާއެއް ކަމަށް ޑރ. މިޚައިލް ގަޒިއާނޯ ވިދާޅުވެ އެވެ. އޭނާއަކީ ބްރިގްހަމް އެންޑް ވޮމެންސް ހޮސްޕޮޓަލާއި ބޮސްޓަން ހެލްތުކެއާ ސިސްޓަމްގައި ކާޑިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑޮކްޓަރެކެވެ.
"މަލްޓި ވިޓަމިން އަކީ ކާނާއިން ނުލިބޭ ބައިތައް ހޯދަން ބޭނުންކުރާ އެއްޗެއް ކަމަށް ވިޔަސް، އެއީ ކެންސަރު ޖެހުމުގެ ނުރައްކާ މެދު މިންވަރަކަށް ކުޑަކޮށްދޭ އެއްޗެއްކަން މިވަނީ އެނގިފައި. ޑރ. ގަޒިއާނޯ ވިދާޅުވި ކަމަށް ނިއުޔޯކްޓައިމްސްގައިވެ އެވެ.
ނަމަވެސް އޭނާ ފާހަގަކުރައްވާ ގޮތުގައި ގަވައިދުން މަލްޓި ވިޓަމިން ބޭނުން ކުރުމަށް ވުރެ މުހިއްމީ ކެންސަރު ޖެހުމަށް މަގުފަހިވާ ފަދަ ކަންތައްތަކާ ދުރުހެލިވެ ތިބުމެވެ.
"މަލްޓި ވިޓަމިން ބޭނުންކޮށްފައި، ކެންސަރު ޖެހޭ ކަމަށް ބެލެވިފައިވާ ދުންފަތުގެ އިސްތިއުމާލް ކުރުން ފަދަ ކަންތައްތައް ނުހުއްޓާ ނަމަ ވާނީ ބޮޑު ގޯހަކަށް،" ޑރ. ގަޒިއާނޯ ވިދާޅުވެފައިވެ އެވެ.