18 Oct 2012, 12:10
ކުރިއަށް އޮތް ހަތަރު އަހަރަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އަހުމަދު މުބީން އިންތިހާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ރޭ އޮތް އިންތިހާބުގައި ކެރަމްގެ ދެ ވަނަ ދައުރަކަށް މުބީން އިންތިހާބު ކުރީ، ވޯޓް ލުމުގެ ހައްގު ލިބިފައިވާ 13 މީހުންތެރެއިން، ވޯޓް ލާންދިޔަ 10 މިހުންގެ ތެރެއިން ނުވަ މީހުން ފެންނަ ކަމަށް ވޯޓް ލުމުންނެވެ. އަދި ރޭގެ އިންތިހާބުގައި މުބީންނަށް ނުފެންނަ ކަމަށް ވޯޓް ދިނީ އެންމެ ފަހަރާތަކުން ނެވެ.
ރައީސަކަށް މުބީން ހޮވުނު އިރު، ކުރިއަށް އޮތް ހަތަރު އަހަރަށް ކެރަމްގެ ނައިބު ރައީސްއަކަށް ހޮވުނީ އާމިނަތު ނިމާ އެވެ. އެގޮތުން ނައިބަކަށް ނިމާ ހުރުމަށް ވޯޓްލުމުގައި ބައިވެރިވި 10 ފަރާތުން ވެސް ވަނީ އޭނަ އަށް ވޯޓް ދީފަ އެވެ. އަދި ހަޒާންދާރަކަށް އިންތިހާބު ކުރީ މުހައްމަދު މުނަށްވަރެވެ.
މީގެއިތުރުން ކުރިއަށް އޮތް ހަތަރު އަހަރަށް އެއެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް އިންތިހާބު ކުރި ތިން މެންބަރުންނަކީ އިސްމާއީލް އަނިލް އާއި ހުސެއިން ރަޝީދު އަދި ނަސީމާ ސަލީމެވެ.