17 Oct 2012, 22:39
ދެމީހެއްގެ ދެމެދުގައި ހިނގި ޒުވާބެއް ސުލްހަކުރަން ދިޔަ ފުލުހަކަށް ހަމަލާދީ މިރޭ ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިރޭ ވިދާޅުވީ ގިޔާސުއްދީން ސްކޫލްކައިރިން މިރޭ 10:00 ޖަހާކަން ހާއިރު ދުއްުވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓް ވެގެން ދެ މީހުން ރުޅިގަދަވެ އަޑުގަދަ ވާން ފެށުމުން އެދެ މީހުން ސުލްހަ ކުރަން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށެވެ. މައްސަލަ ހައްލުކުރަން އުޅުމުން އޭގެ ތެރެއިން އެކަކު ފުލުސް މީހާގެ ގައިގާ ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ފުލުސް މީހާގެ މޫނު މަތީގައި އެތަނުން އެކަކު އަތުން ޖެހީ. ފުލުސް މީހާގެ އެތަން ހުރީ ދުޅަވެފައި. ލިބުނު ގެއްލުން މުޅިން ސާފުވާނީ ޑޮކްޓަރުގެ ރިޕޯޓް ލިބުމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ ފުލުސް މީހާއަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. އޮފިޝަލް ވިދާޅުވީ ފުލުސް މީހާ ގައިގާ ޖެހި މީހާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.