ހުޅުލޭ ނެރާ ދިމާލުން ދެ ލޯންޗް ޖެހި މިރޭ އެކްސިޑެންޓްވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 9:30 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓްވީ ހުޅުލޭ ފަޅަށް ވަންނަން އުޅުނު ބޮޑު ހިތި ރިސޯޓްގެ ލޯންޗަކާއި ދިރާގުގެ ލޯންޗެއް ޖެހިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ބޮޑުހިތި ރިސޯޓްގެ ލޯންޗްގައި ޓޫރިސްޓުން ތިބި ނަމަވެސް އެއްވެސް ޓޫރިސްޓަކަށް އަނިޔާއެއްނުވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ލޯންޗްގެ ކުރޫއިންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނަށެވެ. އޭގެތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސްފައިވާކަމަށްވެސް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ. އަދި އެކަކުގެ ފަޔަށް ގެއްލުންތަކެއް ވެފައިވާއިރު ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.