17 Oct 2012, 18:29
ސްވިމިން އެސޯސިއޭޝަނުން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދެ ވަނަ "ހަންޑްރެޑް ޕްލަސް" އެސްޑީޕީ ފެތުމުގެ މުބާރާތް އަންނަ ހުކުރު ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލޭ ފަތާ ޓްރެކް ސަރަހައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ދެ ޖިންސުގެ ހަތަރު ލެވެލެއްގައި ކުދިން ވާދަކުރުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގައި ޖުމްލަ 43 ކުދިން ވަނީ ބައިވެރިވެފަ އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އުމުރުފުރާތަކަށް ބަހާލުމުގެ ބަދަލުގައި ލެވަލްތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެލެވަލްތަކަކީ ބިގިނާ ލެވަލް އާއި އިންޓަމީޑިއޭޓް ލެވެލްއާއި އެޑްވާންސް ލެވަލް އަދި ސްކޮޑް ލެވެލް އެވެ.
މުބާރާތުގައި ޖުމްލަ 23 އިވެންޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުކުރު އަދި ހޮނިހިރު ދުވަހު، ކޮންމެ ދުވަހެއްގެ ވެސް ހަވީރު 3:00 ޖަހާއިރު އެވެ.
މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސާ އަކީ ހަންޑްރެޑް ޕްލަސް މޯލްޑިވްސް އެވެ.