17 Oct 2012, 15:23
ސިވިލް ސާވިސް މުވައްްޒަފުން މަސައްކަތްކުރާ އޮފީސްތައް ހިންގުމުގެ އާ ގޮތްތައް ތައާރަފްކުރާ މުވައްޒަފުންނަށް ދިނުމަށް "ސިވިލްސާވިސް އިނޮވޭޝަންސް އެވޯޑް"ގެ ނަމުގައި އިނާމެއް ތައާރަފްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ ތައާރަފް ކުރި އެވޯޑް ކޮންމެ އަހަރަކު ވެސް ދިނުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އެވޯޑްގެ ބޭނުމަކީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތް ހަލުވިކުރުމާއި އޮފީހުގެ މަަސައްކަތުގެ ފެންވަރާއި ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކޮށް، ހަރަދުކުޑަކުރުމާއި ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.
ކޮމިޝަނުން އަދި ބުނީ މިއީ ސަރުކާރުން ރަސްމީ ސިފައެއްގައި ތައާރަފްކޮށްދޭ މިފަދަ ފުރަތަމަ އެވޯޑް ކަމަށެވެ.
ސިވިލްސާވިސް އިނޮވޭޝަން ތައާރަފްކުރުމާ އެކު އެ އެވޯޑް ފުރަތަމަ ފަހަރަށް ދިނުމަށް ބާއްވާ ޖަލްސާއެއް މި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ހެނދުނު އިސްލާމީމަރުކަޒުގެ ޖަލްސާކުރާ މާލަމްގައި އޮންނާނެ ކަމަށާއި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްްމަދު ވަހީދު ހަސަން މަނިކު ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުންޏެވެ.