13 Sep 2010, 04:27
އިންޑިޔާ ސިފައިންނާއި ރާއްޖޭގެ ސިފައިން ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރައްހަދު ބަލަހައްޓައި ޕެޓްރޯލް ކުރަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން އިއްޔެ ބުނީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރަކާއި އެމްއެންޑީއެފްގެ ނޯދަން އޭރިޔާގެ ކޯސްޓްގާޑް އުޅަނދުތައް އެކުވެގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބަލަހައްޓަން ފަށާފައި ވަނީ މި މަހު 11 ވަނަ ދުވަހު ކަމަށެވެ. އަދި މި ހަރަކާތްތައް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެ ކަމަށް ވެސް އެމްއެންޑީއެފްން ބުންޏެވެ.
ކޯސްޓްގާޑުން ބުނީ މި ޕެޓްރޯލްތަކުގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނުތަކާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ބެލުމާ އެކު އެފަދަ ކަމެއް ހިނގާ ނަމަ ފިޔަވަޅުއަޅާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.