ސ. ހިތަދޫގެއެއްގެ ތެރޭ މަސްތުވާތަކެތި ބަންދުކުރަން ތިބި ތިން މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 52 ރަބަރު ޕެކެޓާ އެކު މި މަހުގެ 12 ވަނަ ދުވަހު ހައްޔަރު ކުރީ އުމުރުން 34 އަހަރާއި 38 އަހަރާއި 41 އަހަރުގެ ތިން މީހުން ކަމަށެވެ.

އަދި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ހިތަދޫ އޯމަންހައުސް ގޭތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ބަންދުކުރަމުން ދިޔަ ކަމަށް އައްޑޫ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢޫލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މީހުންނާ ބެހޭ އިތުރު މައުލޫމާތު އާންމު ކުރުމަށް ފުލުހުން އުޒުރުވެރިވި އެވެ.