17 Oct 2012, 11:05
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިއަށް އޮތް ހަތަރު މެޗުގައި ރެފްރީކަން ކުރާނީ ބިދޭސީން ރެފްރީން ު ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ރެފްރީޒް ޑައިރެކްޓަރު އާމިރު ޝަރަފުއްދީން މިއަދު ވިދާޅުވީ މާދަމާ ރޭ ކުޅޭ ސެމީ ފައިނަލް މެޗުން ފެށިގެން ރެފްރީކަން ކުރަމުންދާނީ އޭއެފްސީ ފިއުޗާ ޕްރޮޖެކްޓްގެ ރެފްރީން ކަމަށެވެ. މި ގޮތުން ރާއްޖެ އަށް މިހާރު ވަނީ ފިއުޗާ ރެފްރީން 12 ރެފްރީީން އައިސްފަ އެވެ.
އާމިރު ވިދާޅުވީ މި ރެފްރީން އިތުރު ތަމްރީނު ހޯދުމަށް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތަކުގައި ވެސް ރެފްރީކަން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މި އަހަރަކީ ފިއުޗާ ޕްރޮޖެކްޓްގެ ރެފްރީން ރާއްޖޭގައި މަސައްކަތްކުރާ ތިން ވަނަ އަހަރެވެ.