17 Oct 2012, 10:20
ޗައިނާގެ އިސްލީޑަރެއް ކަމަށްވާ ލީޗޭންޗުން ރާއްޖެ އަށް ޒިޔާރަތްކުރައްވަން އެގަމުން ހަމަޖައްސައިފި އެވެ.
ޗައިނާ ސަރުކާރުގެ ނޫސް އެެޖެންސީން "ޒިންހުއާ ނިއުސް" ބުނީ އިސްލީޑަރެެއް ކަމަށްވާ ލީ ޗޭންޗުން މިމަހުގެ ފަހުކޮޅު ރާއްޖެ އަށާއި ޕާކިސްތާނަށާއި ބަންގުލަދޭޝް އަށް ޒިޔާރަތް ކުރައްވާނެ ކަަމަށް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ކަމަށެވެ.
ލީޗޭންޗުންގެ ދަތުރުފުޅު ބެއިޖިންގައި އިއްޔެ އިއުލާން ކުރެއްވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމެންޓްގެ ތަރުޖަމާނު ހުއާން ހުއަގުއާން ކަމަށް ޒިންހުއާ ނިއުސް އެޖެންސީ ބުންޏެވެ.
އެނޫސް ބުނީ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިން ކޮމިޓީގެ މެމްބަރު ލީ ރާއްޖެ އާއި ޕާކިސްތާނާއި ބަންގަލްދޭޝްއަށް ރިޔާރަތްކުރައް ވަނީ ދިވެހި ސަރުކާރާއި ޕާކިސްތާނު ސަރުކާރާއި ބަންގުލަދޭޝްގެ އަވާމީ ލީގް ޕާޓީގެ ދައުވަތަކަށް ކަމަށެވެ.
އިންޑިިއާ ކަނޑުގެ ނުފޫޒު ހޯދުމުގައި އިންޑިއާއާ ވާދަކުރަމުންދާ ޗައިނާ އިން ދަނީ ޕާކިސްތާނާއި ރާއްޖެ އަދި ސްރީލަންކާއާއި ބަންގަލަދޭޝްއާ އެކު ވެސް ގުޅުން ބަދަހިކުރަމުންނެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު ފަހަކަށް އައިސް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެގޮތުން ރާއްޖޭގައި އެމްބަސީ ހުޅުވި ދެކުނު އޭޝިއާ އިން ބޭރުގެ ފުރަތަމަ ގައުމަކަށް ޗައިނާ ވެފައިވާ އިރު އެގައުމުގެ އިސް ބޭފުޅުންރާއްޖެ އަށް ވަނީ ގިނަ ޒިޔާރަތްތަކެއް ކުރައްވާފަ އެވެ.