17 Oct 2012, 10:00
މ. މުލީ ގެއަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކަކާއި ޗެކްތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މުލީ ގެއަކުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަގަށް ނެގި ސާމާނު ހޯދާފައި ވަނީ ހައްޔަރު ކުރި 18 އަހަރުގެ ކުއްޖާ ދިރިއުޅޭ ކޮޓަރި ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ކުއްޖާ ނިދާ ކޮޓަރި ބަލައި ފާސް ކުރި އިރު އެކޮޓަރީގެ އެކި ތަންތަނުގައި އެތަކެތި ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.
ވަގަށް ނެގި ސާމާނުތަކުގެ ތެތެރޭގައި ލެޕްޓޮޕަކާއި ލެޕްޓޮޕް ޗާޖަރާއި ހެޑްސެޓަކާއި ޕެންޑްރައިވެއްގެ އިތުރުން ޗެކް ފޮތެއް ހިމެނެ އެވެ. އަދި ސޮއިކޮށްފައިވާ 8090ރ. ޗެކަކާއި ސޮއިކޮށްފައިވާ 9500ރ.ގެ ޗެކެއްގެ އިތުރުން ބައެއް މުހިއްމު ލިޔެކިއުންތައް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.