16 Oct 2012, 21:52
ދިވެހިރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2014 ވަނަ އަހަރު ބޯހިމެނުން ބާއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މިގޮތަށް ހަމަޖެއްސީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި ބޯހިމެނުމެއް ބޭއްވިފައި ނުވާތާ ގިނަ ދުވަސްތަކެއްވެފައި ވުމާއެކު ބޯހިމެނުމުގެ މުހިންމުކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި 2014 ވަނަ އަހަރު ބޯހިމެނުން ބާއްވާއިރު ބޯހިމެނުމުގެ ކަންތައްތައް މައިގަނޑު ގޮތެއްގައި ގެންދާނެ އުސޫލުތަކާ ބެހޭގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޯހިމަނަމުން ގެންގޮސްފައިވަނީ 5 އަހަރުން 1 އަހަރު އެވެ. 2006 ވަނަ އަހަރުގެ ފަހުން މިވޭތުވެދިޔަ 6 އަހަރު ބޯހިމަނާފައެއް ނުވެ އެވެ.