ގުދަނަކުން ބެޓެރީއެއް ވަގަށް ނެގި މީހަކު ދެ އަހަރާއި ހަ މަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބެޓެރީ ވަގަށް ނެގުމުގެ ކުށުގައި ދެ އަހަރާއި ހަ މަހަށް އަރުވާލަން ހުކުމްކޮށްފައި ވަނީ ސ. ފޭދޫ ކޯޒީކޯނާ މުހައްމަދު ނަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަލާފާނު މަގުގައި ހުންނަ ޖައުސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ގުދަނުން އޭނާ ބެޓަރީ ވަގަށް ނެގިކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ދެވަނަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވެ އެވެ.