ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވިއިރު ހިންގާ ކޮމިޓީގެ ހަ މަޤާމަކަށް ހަތް ފަރާތަކުން ކުރިމަތި ލައިފި އެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައެވެ.

ކެރަމް އެސޯސިއޭޝަންގެ ހާއްސަ އާންމު ޖަލްސާގައި އިންތިހާބު ކުރަން ހަމަޖެހިފައިވާ ހަ މަގާމަކީ ޗެއާޕާސަން، ވައިސް ޗެއާޕާސަން، ހަޒާންދާރު އަދި ހިންގާ ކޮމިޓީގެ ތިން މެންބަރުންނެވެ.

ހަތަރު އަހަރުގެ ދައުރަކަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލާފައިވަނީ އަހުމަދު މުބީން، އައިމިނަތު ނިމާ، މުހައްމަދު މުނައްވަރު، އިބްރާހިމް މޫސާ، އިސްމާޢިލް އަނިލް، ހުސެއިން ރަޝީދު އަދި ނަސީމާ ސަލީމެވެ.