ވ. ކެޔޮދޫ ކައުންސިލްގެ ބައި- އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެޔޮދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން ޑިސެންބަރު މަހު 1 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކެޔޮދޫ ކައުންސިލްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް މި މަހުގެ 17ވާ ބުދަ ދުވަހުން ފެށިގެން 30ގެ ނިޔަލަށް އިލެކްޝަނުން ލިބޭނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

ކެޔޮދޫ ކައުންސިލުން ހުސްވެފައިވާ އެ ގޮނޑިއަކީ މިދިޔަ މަހުގެ ކުރީކޮޅު އެ ކައުންސިލުން އިސްތިއުފާ ދެއްވި ޑީއާރުޕީގެ މެމްބަރު އިސްމާއިލް ނާސިހު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިއެކެވެ.