15 Oct 2012, 15:05
އަތާއި ފަޔާއި އަގަޔަށް ޖެހޭ ބަލި ނުވަތަ، ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ބަލި މިދުވަސްކޮޅު އިތުރުވަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭ ހޮސްޕޮޓަލްގެ ވެބްސައިޓްގައި ބުނެފައިވަނީ މިދުވަސް ކޮޅު މިބަލި ޖެހިގެން އެ ހޮސްޕިޓަލަށް ރިޕޯޓް ކުރަމުން އަންނަ އަދަދު އިތުރުވަމުންދާ ކަމަށާއި އެގޮތުން ފާއިތުވި ހަފްތާގައި އެކަނި ވެސް އެބަލި ޖެހިގެން ތިން ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިބަލިޖެހިގެން އޭޑީކޭއަށް ރިޕޯޓްކޮށްފައިވާ އުމުރުފުރާގެ ކުދިންނަކީ 10 އަހަރުން ދަށުގެ ކުދިންނެވެ.
މިބަލި ޖެހެނީ ކުޑަކުދިންނަށް ކަމުގައިވާއިރު ބަލީގެ ފުރަތަމަ ކޮޅު ދެ ދުވަހެއް ވަރު ހުންއައިސް ކާހިތްނުވެ، ގައިން ވަރު ދެެރަވުން ފަދަ އަލާމާތްތައް ފެނުމާއި އަގައިން ފޮޅު ފާޑުގެ އެއްޗެހިތަކެއް ނަގަ އެވެ. އޭގެ ދެ ދުވަސްފަހުން އަތާއި ފައިގެ ހަންގަނޑުގައި އެބިހިތައް ނަގަން ފަށަ އެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި އަގައިން އެފަދަ ބިހިތަކެއް ނެގުމުން އެއީ ޓޮންސިލް ކަމަށް ދެކިގެން އެ ބައްޔަށް އަޅާނުލާ ދޫކޮށްލެވޭ ކަން ފާހަގަކޮށް، ބައްޔާއި ބެހޭ ގޮތުން އާއްމުން ސަމާލުވުމަށާއި ހުން އައިސްގެން މިދުވަސްވަރު ޑޮކްޓަރަށް ދައްކާނަމަ އެކަން ޑޮކްޓަރުން ކުރެ އޮޅުން ފިލުވުމަށް އެ ހޮސްޕިޓަލުން ވަނީ ލާފާދީފަ އެވެ.