ކ. ކާށިދޫގައި ސަރުކާރުން އިމާރަތް ކުރުމަށް ކަނޑައަޅާފައިވާ 800 މީހުންގެ ޖަލްގެ ބިންގާ އަޅައިފި އެވެ.

އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިޔާތެއްގައި ޖަލުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސް (ޑީޕީއާރުއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް މިއަދު ވިދާޅުވީ ޖަލުގެ ބިންގާ އެޅުމަށް ފަހު މިހާރު އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފަޔާޒް ވިދާޅުވީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކާށިދޫ ޖަލަށް ވެސް އެކި ޖަލުތަކުގައި ތިބި ގައިދީން ބަދަލުކުރާނެ ކަމަށެވެ.

ސަތޭކަ މިލިޔަން ރުފިޔާގެ އެ ޕްރޮޖެކްޓް ނިމި ޖަލުގެ ބޭނުން ކުރަން ފެށުމުން ކާށިދު އަށް އޭގެ ފައިދާ އެތައް ގޮތަކުން ކުރާނެ ކަމަށް ޖަލުތައް އަދި އެ ޖަލުގެ ސަބަބުން ކާށިދޫގެ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.