ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސް (ޑީޕީއާރުއެސް)ގެ ކޮމިޝަނަރަކަށް މ. މާޔާ، އަހުމަދު ޝިހާން އަދި ޑެޕިއުޓީ ކޮމިޝަނާ މަގާމަށް، ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އާސިފް ހަމަޖައްސަވައިފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޑީޕީއާރުއެސް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ފަޔާޒު މިއަދު ވިދާޅުވީ ޑީޕީއާރުސްގެ ކޮމިޝަނާގެ މަގާމަށް ޝިހާން މިދިޔަ ހަފުތާގައި ހަމަޖެއްސި އިރު ޑެޕިއުޓީ ކޮމިޝަނާ މަގާމަށް އާސިފް ހަމަޖައްސަވާފައި ވަނީ މިއަދު އެވެ.

ޑީޕީއާރުއެސްގެ ކޮމިޝަނާ އަދި ޑެޕިއުޓީ ކޮމިޝަނާގެ މަގާމަކީ ސިވިލް ސާވީސްގެ ކޮމިޝަނުން ޑީޕީއާރުއަށް އައްޔަން ކުރާ އެންމެ އިސް ދެ މަގާމެވެ. ޑީޕީއާރުއެސްގެ ކޮމިޝާނާ އައްޔަން ކުރައްވާފައި ވަނީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ ފެންވަރުގަ އެވެ.

ޑީޕީއާރުއެސް ހިންގުމުގެ އޮނިގަނޑުގައިވާ ގޮތުން އެ ކޮމިޝަނުގެ ހުރިހާ ކަމެއް ރާވައި ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތަކީ ކޮމިޝަނާ އެވެ.