ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނީލަމުގައި ވިއްކަން ކަނޑައެޅި ހަތަރު ގެރި 28111 ރުފިޔާ އަށް ވިއްކާލައިފި އެވެ.


އެ ކޯޕަރޭޝަނުގެ ޑިރެކްޓަރު ސުހެއިލު އަހުމަދު މިއަދު ވިދާޅުވީ، ސަރުކާރުގެ ރަސްމީ ގެޒެޓްގައި އިއުލާންކޮށް، އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކަން ކަނޑައެޅި ހަތަރު ގެރި ވިއްކާލާފައި ވަނީ ހަތަރު ގެރި އެއްކޮށެވެ. ނަމަވެސް ފިރިހެން ގެރިއަކާއި ތިން އަންހެން ގެރި ގަތީ ކާކުކަމެއް، މިއަދަކީ ބަންދު ދުވަހަކަށްވާތީ، ސުހޭލު ވިދާޅެއް ނުވި އެވެ.


ހުޅުމާލެ 1997 ވަނަ އަހަރު ހިއްކަން ފެށީއްސުރެ އެ ތަނުގައި ގެންގުޅެމުން އައި ގެރިތައް ކުއްލިއަކަށް ވިއްކާލަން ނިންމީ ކީއްވެގެން ކަމެއް އެ ކޯޕަރޭޝަނަކުން ނުބުނެ އެވެ.