ފޯނު އުފެއްދުމުގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމުގައި ވާ ސެމްސަންގ ކުންފުނިން އެ ކުންފުނީގެ ގެލެކްސީ އެސް 3 ސްމާޓް ފޯނުގެ މިނީ ސައިޒް ދައްކައިލައިފިއެވެ. މިނީ ފޯނުގެ ސްކްރީންގެ ސައިޒާއި އާންމު ސައިޒާ ދެމެދު ހުރި ތަފާތަށް ބަލާ އިރު، ކޮންމެ 4 އިންޗިއެއް ވަނީ އިންޗިއެއްގެ ހަތަރުބައިކުޅަ ތިންބަޔާ އެއްވަރަށް ކުޑަ ކޮށްފައެވެ. މިއީ އެޕަލްގެ އައިފޯނު 5 އާ ވާދަ ކުރާން ސެމްސަނުން އުފެއްދި ފޯނެއް ކަމަށް ޚަބަރު ލިބެއެވެ.

ސެމްސަންގެ ގެލެކްސީ އެސް 3 މިނީ ސްމާޓު ފޯނުގައި ބޭނުން ކުރާ އޮޕަރޭޓިންގ ސިސްޓަމަކީ ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމްގެ އެންމެ ފަހު ވާޝަނެވެ.

މި ފޯނު ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް ސެމްސަންގެ ފަރާތުން އަދި އިއުލާން ކޮށްފައި ނެތަސް، މާ ގިނަ ދުވަސްތަކެއް ނުވެ މިނީ ސްމާޓްފޯނު ބާޒާރަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.

މި ސްމާޓްފޯނަށް މީހަކު ބަލަހައްޓައިގެން އިންދާ ސްކްރީން ނުނިވޭނެ ކަމަށް ސެމްސަންގ ކުންފުނިން ބުނެއެވެ. ފޯނަށް މީހަކު ބަލަހައްޓައިގެން އިން ކަން ފޯނަށް އެނގެނީ މީހާގެ ލޯ ޓްރެކް ކޮށްގެންނެވެ.

ސެމްސަން އާއި އެޕަލް ކުންފުނީގެ ވާދަވެރިކަން ބޮޑު ވެފައި ވާ މި ދަނޑިވަޅުގައި އެޕަލްއިން 7 އިންޗީގެ އައިޕެޑެއް ނެރޭން އުޅޭ ޚަބަރު ވެސް ދަނީ ލިބެމުންނެވެ. އެހެން ނަމަވެސް އަދި މި ޚަބަރު މުޅީން ކަށަވަރެއް ނުވެއެވެ.