15 Oct 2012, 09:12
މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ރަބަރު ޕެކެޓް ތަކަކާއި އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ނ. ވެލިދޫ ގައި ހުރި ފަޅު ގެ އެއް ބަލާ ފާސްކުރުމަށްފަހު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ރަބަރު ޕެކެޓަކާއި، އެކު އުމުރުން 21 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން މިމަހުގެ ނުވަ ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ޕެކެޓް ފެނިފައިވަނީ އެމީހުން ތިބި ތަން ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ރަބަރު ޕެކެޓަކާއި އެކު ވެލިދޫން ދެމީހަކު ހައްޔަރުކޮށްފައި ވާއިރު ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ވެސް އުމުރުން 34 އަހަރުގެ ފިރިހެނަކު މަސްތުވާ ތަކެތި އަޅާފައި ހުރި ކަމަށް ޝައްކު ކުރެވޭ ޕެކެޓަކާއި އެކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި މާލެއިން ތ. ހިރިލަންދުއަށް ދިޔަ ދޯންޏަކުން އެމީހާ އެރަށައް ފޭބި ވަގުތު ފުލުން އޭނާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު އެ ޕެކެޓް ފެނިފައި ވަނީ އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރޭގައި އޮތް ލޯޝަން ފުޅިއެއްގެ ތެރެއިން ކަމަށެވެ.
މަސްތުވާ ތަކެތީގެ އެ ދެމައްސަލަވެސް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.