11 Sep 2010, 18:24
11:32
ލޮނުޒިޔާރަތް މަގުން ހެންވޭރު ހޭޅިސްޓޯރުކައިރީގައި ހުރި ސައިކަލްތަކެއްގައި ދެންމެ ކަޓަރު އަޅައިފި އެވެ. ސަންއެފްއެމްގެ އޮންލައިން ޓީމް ދެންމެ އެ ސަހަރަހައްދަށް ދިޔަ އިރު ކަޓަރުއަޅާފައި ވަނީ ކިތައް ސައިކަލްގައިތޯ އާއި ލިބިފައިވާ ގެއްލުންތައް ފުލުހުން ބަލަނީ އެވެ.
އެ މަގުގެ ޕާކިން ޒޯންގައި ހުރި އަށް ސައިކަލަށް ވުރެ ގިނަ އަދަދެއްގެ ސައިކަލްގެ މަޑިތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ކަފާލައިފަ އެވެ.