13 Oct 2012, 13:15
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ބޯޑު މެންބަރު ނަހުލާ އަލީ ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.
ޕީޕީއެމް އިން މިއަދު ބުނީ ނަހުލާ ޕީޕީއެމްއަށް ސޮއިކުރެއްވީ އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކުރިފުޅުމަތީގައި ކަމަށާއި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 100 އަށް ވުރެ ގިނަ ފޯމް އޭނާ މައުމޫނާއި ހަވާލުކުރެއްވި ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ނަހުލާފަދަ ޕޮލިޓިކްސް ދާއިރާ އިން މާސްޓަސް ހައްދަވާއިގެން ހުންނެވި ޒުވާން އަންހެނަކު އެޕާޓީއަށް ސޮއިކުރުމަކީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ޕީޕީއެމްގެ މެންބަރުންގެ އަދަދަކީ 17489 އެވެ. އަދި އެމްޑީޕީގައި 48503 މެންބަރުން ތިބި އިރު ޑީއާރްޕީގައި ތިބީ 26900 މެންބަރުންނެވެ.