ދ. ވާނީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހު އެރަށުގެ ގިނަ ރައްޔިތުން މިހާރުވެސް ދިރި އުޅެމުން އަންނަ އެއަތޮޅު ކުޑަހުވަދޫއަށް ބަދަލުކުރާގޮތަށް ނިންމައިފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ މިއަދު ވިދާޅުވީ ވާނީ ރައްޔިތުން އެރަށަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ވާނީ ރައްޔިތުން ކުޑަހުވަދުއަށް ގެނެވޭ ވަރުވާނެ ކަމަށެވެ.

2004 ވަނަ އަހަރު ސުނާމީ އެރި އިރު ވާނީގެ އާބާދީ އަކީ 473 އެވެ. ސުނާމީ ހާދިސާގައި ގެދޮރު ގެއްލުމުންނާއި ކުދިންނަށް ކިޔަވައިދިނުމަށް ވާނީގެ ގިނަ ރައްޔިތުން ވަނީ ކުޑަހުވަދޫ އަށް މިހާރު ވެސް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ވާނީގައި ދިރިއުޅެމުން އަންނަނީ ރަށު ކައުންސިލްގައި މަސައްކަތް ކުރާ މީހުންނާއި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މީހުންނާ އެކު ޖުމުލަ 17 މީހުންނެވެ.