ވިހި ވަނަ އެންމެ ބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓް ބޯލް ކުލަބުން ހޯދައިފި އެވެ.

ޓީރެކްސްއިން މުބާރާތުގެ ޗެމްޕިއަން ކަން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަވެރި ގްޑީސްއާ ބައްދަލުކޮށް 64 ޕޮއިންޓް 33 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ޓީރެކްސްއަށް ރޭ ގެ މެޗުގައި 30 ޕޮއިންޓު ހޯދަދިން އާމިނަތު ސިއުރާ އެވެ.

ޗެމްޕިއަންކަން ހޯދި ޓީރެކްސް އާއި ރަނަރަޕް ކަން ހޯދި ގްޑީސްގެ އިތުރުން ދެން މިމުބާރާތުގައި ވަދަ ކުރި އަނެއް ޓީމަކީ ކްލަބް ސްޓާޓިކެވެ.

ވިހި ވަނަ އެމްބީއޭ ޗެމްޕިއަންޝިޕަށް ފަހު، ދެން ކުރިއަށްދާ ދެ ވަނަ މުބާރާތަކީ 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތެވެ. އެގޮތުން މިމުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ފައިނަލްގައި ބައްދަލުކުރާ ދެޓީމަކީ ބީޖީ ސްޕޯޓްސް ކުލަބާއި ދަ ބައޫސް ކުލަބެވެ. މެޗް ފަށާނީ މިރޭ 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގެ ބާސްކެޓު ކޯޓުގައެވެ.