12 Oct 2012, 13:38
ޕްރެޒިޑެސްޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލްގައި މިރޭ މާޒިޔާއާ ދެކޮޅަށް ނިކުންނައިރު ވިކްޓަރީން ހާއްސަ ސަމާލުކަމެއް ދޭނެ އެއްކަމަކީ ފުރަތަމަ ސެމީގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ 2-1 ލަނޑުން ބަލިވި މެޗުގައި ހެދުނު މިސްޓޭކްތައް މިރޭގެ މެޗުގައި ތަކުރާރު ނުކުރުމަށް ކަމަށް ޓީމްގެ ޓީމުގެ މެނޭޖަރު އަހުމަދު އަޔާޒް (އަޔާ) ބުނެފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ޖަހާއިރު މާޒިޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވިކްޓަރީގެ މެނޭޖަރު އަޔާ ބުނީ، ޓީމް އޮތީ މިރޭގެ މެޗަށް ފުރިހަމައަށް ތައްޔާރުވެ، މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި އިދިކޮޅު މާޒިޔާ އަކީ ވެސް ވަރުގަދަ ޓީމަކަށްވީ އިރު މިރޭގެ މެޗް ވަރަށް ފޯރިގަދަ ވާނެ ކަމަށް ވެސް އަޔާ ބުންޏެވެ.
" ނިއު މެޗުގައި ހެދުނު މިސްޓޭކްތައް މިރޭގެ މެޗުގައި ތަކުރާރު ކުރާކަށް ބޭނުމެއް ނޫން. ކީޕަރު ފައިސަލް ވެސް މިރޭ ފެންނާނެ. ޓީމުގެ އުންމީދަކީ މާޒިއާ އަތުން މޮޅުވުން."އަޔާ ބުންޏެވެ.
މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ބައްދަލު ކުރަން ޖެހޭނީ ނިއު ރޭޑިއަންޓާއެވެ. މިމެޗް ކުލޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ޖަހާއިރު އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވިކްޓަރީއާ ދެކޮޅަށް މާޒިޔާ މިރޭ ނިކުންނައިރު އެޓީމަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ، ވީބީ އަތުން ދެ ވަނަ ސެމީ ގައި 6-2 ލަނޑުން މާޒިޔާ މޮޅުވި މެޗުގައި ސަސްޕެންޝަންގައި ހުރި އެޓީމްގެ ފޯވާޑް ފޯވާޑް އަސަދުﷲ އަބްދުﷲ އަށް މިރޭ ވިކްޓަރީއާ ދެކޮޅަށް ކުޅެވޭތީއެވެ.