ގިނަ އަދަދެއްގެ މަސްތުވާތެކެތި ނ. މިލަދު އަށް އަރުވަން އުޅުނު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މަސުވާތެކެތި ކަމަށް ތުހުމަތު ކުރެވޭ ގިނަ ޢަދަދެއްގެ ތަކެތި މިލަދުއަށް އަރުވަން އުޅުނު މީހުން ހައްޔަރުކޮށް އެ އަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކުރީ މި މަހުގެ ނުވަނަ ވަނަ ދުވަހު މާލެ އިން މިލަދު އަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަމަށެވެ.


ފުލުހުން ބުނީ މި ތިން މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތަކެތި ހުރި 89 ރަބަރުކޮޅާއި ރަބަރު ޕަކެޓެއްގެ އިތުރުން ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.


މި ތިން މީހުންގެ ނަމާއި މައުލޫމާތު ފުލުހުން އަދި އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ބުނީ އެއީ އުމުރުން 18 އަހަރުގެ ތިން މީހުން ކަމަށާއި އެ ތިން މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.