ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ހިންގި ބަދުއަގުލާގީ މައްސަލައަކާ ގުޅިގެން އެ ރިސޯޓުން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވަނީ އުމުރުން 21 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އަދި ބުނީ އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ހެނދުނު އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި އަންހެންކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.

އެމައްސަލައާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ނުދޭއިރު ފުލުހުން ބުނީ މިހާރު އެމައްސަލަ ތަހުގީގްކުރަމުން އަންނަ ކަމަށެވެ.