11 Oct 2012, 12:57
މިހާރު ކުރިއަށްދާ 20 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޒަންގެ ފައިނަލްގެ ފަހު ޖާގަ ޓީރެކްސް ބާސްކެޓް ބޯލް ކުލަބުން ހޯދައިފި އެވެ.
ފައިނަލްގެ ފަހު ޖާގަ ޓީރެކްސް އިން ހޯދީ ރޭ ކުޅުނު މެޗުގައި ކުލަބް ސްޓަޓިކް އަތުން 63 ޕޮއިންޓް 52 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުން މޮޅުވި ޓީރެކްސްގެ އާމިނަތު ސިއުރާ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ބަޔަށް 26 ޕޮއިންޓު ކާމިޔާބު ކޮށްދީފަ އެވެ.
މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ޓީރެކްސްއިން ހޯދި އިރު، ފައިނަލްގައި އެ ޓީމް ނިކުންނާނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ގްޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިމެޗް ކުލޭނީ މިރޭ 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގަ އެވެ.