11 Oct 2012, 12:56
މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލްގެ ފަހު ޖާގާ ދަ ބައުސް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.
ބައުސް ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު އެލްކިއު ސްޕޯޓްސްއާ ވާދަކޮށް 66 ޕޮއިންޓް 53 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މެޗް ކާމިޔާބު ކުރި ބައުސްއަށް 17 ޕޮއިންޓް ކާމިޔާބު ކޮށްދިން އިބްރާހިމް މުއާޒް އެވެ.
މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ ބައުސްއާ ދެކޮޅަށް ނިކުންނާނީ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރި ބީޖީ ސްޕޯޓްސް ކުލަބެވެ. މެޗް ފަށާނީ ރޭ ގަނޑު 9 ޖަހާއިރު އެވެ.
މުބާރާތުގެ ފައިނަލުން ބީޖީ ޖާގަ ހޯދާފައި ވަނީ ކުލަބް އެޗްޑީސީ އަތުން 52 ޕޮއިންޓް 35 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.