11 Oct 2012, 12:54
ޔޫއޭއީގައި ކުރިއަށްދާ އޭސީސީ އެލީޓް ކްރިކެޓް މުބާރާތުގެ ހަތް ވަނަ ޓީމު ހޮވަން އިއްޔެ ކުޅުނު މެޗުން ވެސް ރާއްޖެ ބަލިވެއްޖެ އެވެ.
ޑުބާއީގެ އައިސީސީ ގްލޯބަލް ކްރިކެޓް އެކަޑަމީގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ ކުވޭތު އަތުން ހަތް ވިކެޓުން ނެވެ.
އިއްޔެ މެޗުގެ ޓޮސް ދިމާވުމުން ރާއްޖެ ކުޅެންއަރައި 35 އޯވަރުގެ ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން ދެވުނީ 167 ލަނޑެވެ. އަދި މެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި މުހައްމަދު ރިޝްވާނާއި 31 ލަނޑު ހެދި މިހުސާން ހާމިދެވެ.
ނަމަވެސް އިއްޔެގެ މެޗުގައި ކުވޭތުން ކުޅެން އަރައި 25.4 އޯވަރުގެ ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހަދައި މެޗުން މޮޅުވެގެން ފޭބި އެވެ.
އިއްޔެ މެޗުން ރާއްޖެ ބަލިވި ކަމުގައި ވިޔަސް، ރާއްޖެ އަށް ވަނީ 2014ގައި އޮންނަ އެލީޓް މުބާރާތުން ފުރުސަތު ލިބިފަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ އަށް ޓީމް ވާދަކުރި މުބާރާތުން ރާއްޖެ އަށް އަށް ވަނަ ލިބުނު އިރު، މިފަހަރުގެ މުބާރާތުން ރާއްޖެ ކެޓީ މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުން ހަތް ވިކެޓުން ނެވެ.
މުބާރާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް އޭ ފަޅީގަ އެވެ. އެގޮތުން ރާއްޖެއާ އެކު އެ ގްރޫޕްގައި ދެން ހިމެނޭ އަނެއް ހަތަރު ގައުމަކީ އަފްގާނިސްތާން، މެލޭޝިޔާ، އޮމާން އަދި ބޫޓާނެވެ. މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރާ ގައުމުތަކަކީ ނޭޕާލް، ހޮންކޮން، ޔޫއޭއީ ސައުދިއަރަބިއްޔާ އަދި ކުވައިތެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ކުރިކެޓް ޓީމްގައި 14 ކުޅުންތެރިން ތިބި އިރު، ޓީމުގެ ކެޕްޓަނަކީ މޫސާ ކަލީމެވެ. އަދި ޓީމުގެ ވައިސް ކެޕްޓަނަކީ އަހުމަދު އަފްޒަލް ފާއިޒެވެ.
މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ބައްދަލުކުރާ ދެ ޓީމަކީ ޔޫއޭއީ އާއި ނޭޕާލެވެ.