11 Oct 2012, 12:22
ފުވައްމުލަކު ބިޅިފޭށި ސަރަޙައްދާއި ތޫޑު ސަރަހައްދަކީ ދެ ފަޅުރަށް ނޫން ކަމަށް ކަނޑައަޅައި ކުރިން ނެރުނު ގަރާރު ސަރުކާރުން ބާތިލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފައިވާ ގަރާރެއްގައި ބުނެފައި ވަނީ ފުވައްމުލަކު ތޫނޑު ސަރަޙައްދާއި ބިޅިފޭށި ސަރަޙައްދަކީ ދެ ފަޅުރަށް ނޫން ކަމަށާއި އެ ދެ ސަރަހައްދަކީ ކުރިން ވެސް އޮތް ގޮތަށް ފުވައްމުލަކުގެ ބައެއް ކަމަށެވެ.
'
ސަރުކާރުން މިގޮތަށް ހަމަޖެއްސީ އެ ދެ ސަރަޙައްދަކީ ފަޅުރަށްތަކެއް ކަމަށް ކަނޑައަޅައިފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުު ބާތިލްކުރުމަށް ފަހު، ކަމަށް ވެސް އެގަރާރުގައި ބުނެފައިވެ އެވެ.
ފުވައްމުލަކުގެ އެ ދެ ސަރަހައްދަކީ ދެ ފަޅު ރަށް ނޫން ކަމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ނިންމާފައި މިވަނީ، ފުވައްމުލައް އެއް ރަށެއްގެ ގޮތުގައި ބާއްވަން އެ ރަށުގެ ގިނަ ރައްޔިތުން އެދޭތީ ކަމަށާއި އެ ރަށުގެ ބައެއްް ފަޅު ރަށްތަކަކަށް ހެދުމަށް ކުރީގެ ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ރުޙާ ޚިލާފަށް ކަމަށް ވިދާޅުވެ ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާ އަރުވާފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ފުވައްމުލަކު ބިޅިފޭށި ސަރަހައްދާއި ތޫނޑު ސަރަހައްދަކީ ދެ ފަޅު ރަށް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނީ ސެޕްޓެމްބަރު 2، 2011 ގަ އެވެ.