10 Oct 2012, 23:15
ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އަދި މުޖުތަމައުގެ އެއްބައިވަންތަކަން ދަމަހައްޓާ ހަމަޖެހުން ގާއިމްކުރުމަށް މިހާރުން މިހާރަށް ތިން ފިޔަވަޅެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަށް ލަފާއަރުއްވާފައިވަނީ ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމާއި، މުޖުތަމައުގެ ހަމަޖެހުމާއި، އެއްބައިވަންތަކަމަށް މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށެވެ.
އެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުގެ ސަލާމަތާބެހޭ ކޮމިޓީންވަނީ މިއަދު ބައްދަލުކޮށް ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް މިހާރުން މިހާރަށް ތިން ފިޔަވަޅެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުންޏެވެ. އެއީ އިޖްތިމާއީ ގޮތުން ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، 24 ގަޑިއިރު ހިދުމަތްދޭ ތަންތަނާމެދު އިކޮނޮމިކްް މިނިސްޓްރީން ގޮތެއްނިންމެވުމެވެ. މާލޭގެ މަގުތަށް އަމާންކުރުމަށް ވެހިކަލްތައް ބަލައި ފާސްކުރުމާއި އަދި ހޯމް މިނިސްޓްރީގެ ފަރާތުން އިޖްތިމާޢީ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަށް ހިންގުމެވެ.
އެ ފިޔަވަޅުތަށް އެޅުއްވުމުގައި ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ދެއްވުމަށް ރައީސްވަނީ އެދިވަޑައިގެންފަ އެވެ.