މި އަހަރުގެ ހައްޖު މޫސުމާ ގުޅުވައިގެން ސައުދީ އަރަބިއާ އަށް ގުޅޭ އަގުތައް ދިރާގުން ހެޔޮކޮށްފި އެވެ.

ދިރާގުން ބުނީ މިއަދުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.

އަދި އެޕެކޭޖުން ސައުދީއަށް ގުޅުމަށް މިނިޓަކަށް ޗާޖު ކުރާނީ 1.89ރ. ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ތައާރަފް ކުރި އެޕެކޭޖުން ގުޅުމަށް 019 ޖެހުމަށް ފަހު ކަންޓްރީ ކޯޑު އަދި ނަމްބަރު ޖެހުމުން އެ އަގުގައި ގުޅޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް ހައްޖު މޫސުމާ ދިމާކޮށް ސައުދީއަރަބިއާ އަށް ގުޅުމަށް ހާއްސަ ޕެކޭޖްތައް ތައާރަފް ކުރަމުންނެވެ.