މާރާމާރީ ހިންގަން ބޭނުންކުރާ ގިނަ ޢަދަދެއްގެ ތޫނު ހަތިޔާރުތަކާ އެކު ސ. ހިތަދޫން އަށް މީހަކާއި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރު 2:45 ހާކަންހާއިރު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މާރާމާރީ ހިންގަން ބޭނުންކުރާ ތަކެތި، ފެނިފައި ވަނީ ހިތަދޫގައި ހަދަމުން ދިޔަ ގެއެއްގެ ތެރެއިން ކަމަށެވެ. ފުލުހުން ބުނީ އެގޭގެ ވަށައިގެންވާ ސަރަޙައްދު ފުލުހުން ބަލައި ފާސްކުރި އިރު އެގޭތެރެ އިން މާރާމާރީ ހިންގަން ބޭނުންކުރާ ކަނޑިއަކާއި އެނޫން ވެސް ތޫނު ހަތިޔާރު ފެނިފައިވާ ކަމަށެވެ. އަދި އެގޭ ކުރިމަތީގައި އޮންނަ ވިނަ ގަނޑެއްގެ މަތިން ކޯރަޑިއަކާއި ތޫނު ހަތިޔާރުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 12 މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުންނަށް ފިލަން މަސައްކަތް ކުރި ކަމަށެވެ. އަދި އެމައްސަލައިގައި ހައްޔަރު ކުރި ގިނަ މީހުންނަކީ މާރާމާރީ އާއި އެހެނިހެން ކުށުގެ ރިކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުނެ އެވެ.